ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓް އިތުރަށް ތަރައްގީކޮށް ބޮޑުކުރުމުގެ މަަސައްކަތުގެ ދަށުން، އެއާބަސް A220-300 މަރުކާގެ ދެ ބޯޓު ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
މި ބޯޓުތައް ހޯދުމަށް ހުޅުވާލާފައިވަނީ އޮޕަރޭޓިން ލީސްގެ ދަށުންނެވެ. މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 28ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 15 ވަނަ ދުވަހުގެ 14:00 އެވެ. އަދި ލިބޭ ސުވާލުތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފްލީޓް ބޮޑުކުރުމުގެ މި މަސައްކަތާ އެކު، ރާއްޖެއިން ބޭރާއި ރާއްޖެއިން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް ހިދުމަތުގެ ފްރިކުއެންސީ ބޮޑުކުރުމަށް ވަނީ ރޭވިފައެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި އާ ބޯޓުތަކުގެ ސަބަބުން މަސައްކަތް އަވަސްވުމާއި ފުރިހަމަކަން އިތުރުވެ އަދި ދަތުރުކުރާ މީހުންނަށް ވެސް ފަސޭހަވާނެއެވެ.
އިއުލާނުގައިވާ ގޮތުން ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފަހު ކުއާޓާގައި އަދި ދެވަނަ ބޯޓު 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެނެސްދޭން ޖެހެއެވެ.
ގައުމީ އެއާލައިނުން މިވަގުތުވެސް ބައިނަލްއަގުވާމީ ފަސް ގައުމެއްގެ އަށް މަންޒިލަކަށް ޝެޑިއުލް ދަތުރުތައް އަންނަނީ ކުރަމުންނެވެ.
އަލީ ޔާމިން
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
ކޮމެންޓް