ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލް (ޓާމިނަލް 2) ގައި މޯލްޑިވިއަންގެ އައިއޯސީސީ، ކްރޫ ރެސްޓް އަދި ސީއެލްސީ އޮފީސް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާންކޮށްފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއްޔެ ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ގެ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ޝައުގުވެރިކަން ފާޅުކުރަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ.
އެގޮތުން، އީއޯއައި ފޯމު ފުރިހަމަކުރުމަށްފަހު ފޮނުވާނީ [email protected] އަށެވެ. އަދި އީމެއިލް ފޮނުވާއިރު ކޮޕީއެއްގެ ގޮތުގައި [email protected] އަދި [email protected] ހިމަނަން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން، އީމެއިލްގެ ސަބްޖެކްޓްގައި "EOI – Fabrication of Maldivian IOCC, Crew Rest and CLC Office in VIA T2 Terminal (L4-BID NO 055-2026)" މިގޮތަށް ލިޔުމަށް ވެސް ވަނީ އަންގައިފައެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށް، ރަޖިސްޓަރީކުރާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އާރްއެފްޕީ ޑޮކިއުމަންޓާއި، އީއޯއައި ފޯމާއި، ބީއޯކިއު އަދި ކޮންސެޕްޓް ކުރެހުންތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއެކު ޑައުންލޯޑް ކުރެވޭނެހެން ވަނީ އާންމުކޮށްފައެވެ.
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަން
ކޮމެންޓް