ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އެއްގަމު ތޮށިލުމުގެ 48 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނެފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސައިޓުން ދައްކާގޮތުން ނަމަ، ނައިވާދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ 23 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ.
ސަރުކާރުން ނައިވާދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ.
އެ މަސައްކަތް ކުރިއަށްގެންދަނީ އެ ރަށުގެ ހުޅަނގު ދެކުނު ފަރާތުގައެވެ. އެ މަޝްރޫއުގެ އަގަކީ 47.5 މިލިއަން ރުފިޔާއެވެ.
އެ މަސައްކަތުގެ ދަށުން 72،257.88 ސީބީއެމްގެ ފެން ހިއްކުމާއި، ބްރޭކްވޯޓާ އަދި 398.30 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 231.00 މީޓަރު ދިގު މިނުގައި ކުއޭ ވޯލް ސްޓްރަކްޗާގެ މަސައްކަތާއި ބަނދަރު ބައްތި އަދި ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ހދ. ނައިވާދޫ
ހދ. ނައިވާދޫ
ހދ. ނައިވާދޫ
ހދ. ނައިވާދޫ