ފުލުހުންގެ ހޯމަސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ސާމިހު އެ މަގާމުން ވަކިކޮށް އެހެން ޑިޕާޓްމަންޓަކަަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބަދަލުކުރީ ކޮން ޑިޕާޓްމަންޓަކަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ސާމިހު އެ މަގާމުން ވަކިކުރީ، ހ. ފެންޓެނޯއީން ސީރިއަސް އަނިޔާތަކެއްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ ގެ މައްސަލައިގެ ތަހުގީގުން އޭނާ ވަކިކުރަން ޔުމްނުގެ އާއިލާއިން ގޮވާލާފައި ވަނިކޮށެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ލީޑުކުރަމުން ގޮސްފައިވަނީ ސާމިހުއެވެ.

ސާމިހުއަކީ، އެހެން މަރުތައްވެސް ތަހުގީގުކުރުމުގައި ލީޑުކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.