ހދ. ފިނޭ ބަނދަރު ތަރައްގީގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ.
ޖުމުލަ 44.5 މިލިއަން ރުފިޔާއަށް އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 9 ސެޕްޓެމްބަރު 2022 ގައެވެ. އެމްޓީސީސީގެ ޕްރޮޖެކްޓްތަކުގެ ސްޓޭޓަސްތަކަށް ހާއްސަ ވެބްސައިޓުން ދައްކާގޮތުން އެ މަޝްރޫއުގެ ހަ ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.
އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތްތައް:
- 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
- 35،484.26 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހަބާރު ބޭސިން ފުންކުރުން.
- 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށިލުން.
އެ މަޝްރޫއުގެ ދަށުން އިތުރަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތް:
- 219 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން.
- 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 248 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުން.
- 2،198.65 އަކަ މީޓަރު ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން.
- ދިހަ މީޓަރު ދިގު، ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއިސް ހަރުކުރުން.
ފާތިމަތު ލިއުޝާ
ހދ. ފިނޭ
ހދ. ފިނޭ
ހދ. ފިނޭ
ހދ. ފިނޭ