ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ކުޅުނު މެޗުގެ ފަހުވަގުތުގައި ލެއިޕްޒިގާ އެއްވަރުވެ، އެޓީމުން 34 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ބަޔާނުން ރޭ ލެއިޕްޒިގާ އެއްވަރުވީ ފަހުވަގުތުއެވެ. އެޓީމުން މޮޅުވާން ދަނިކޮށް، ލެއިޕްޒިގުން 3-3 އިން އެއްވަރުކޮށް، ބަޔާންގެ އުފާފާޅުކުރުންތައް މަޑުޖައްސާލިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު 32 މެޗުން ބަޔާނަށް ވަނީ 76 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ބަޔާން ލެވަކޫސަންއަށް 31 މެޗުން 67 މެޗު ލިބިފައިވާ އިރު، އެ ޓީމުން މިހަފުތާގައި ކުޅޭ މެޗުން ބަލިވި ނަމަވެސް، ބަޔާނަށް ތަށި ޔަގީންވާނެއެވެ. އަދި ބާކީ އޮތް ދެމެޗުން އެއް ޕޮއިންޓް ހޯދިޔަސް، ބަޔާނަށް ތަށި ޔަގީން ކުރެވޭނެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި، ލީޑުގައި ކުޅެމުން ދިޔައީ ލެއިޕްޒިގެެވެ އުމުރުން 21 އަހަރުގެ ބެންޖަމިން ސެސްކޯއާއި ލޫކަސް ކްލޮސްޓަމަން ޖެހި ގޯލުތަކުން ލެއިޕްޒިގް ފުރަތަމަ ހާފު ޑޮމިނޭޓް ކޮށްފައިވާ އިރު، ބަޔާނުން އެއްވަރުކުރީ ދެވަނަ ހާފުގައެވެ.

ބަޔާންގެ ގޯލުތައް ޖެހީ އެރިކް ޑަޔާގެ އިތުރުން މައިކަލް އޮލީސޭއެވެ. އެ ގޯލުތަކާއެކު އެއްވަރުކޮށް، 83 ވަނަ މިނެޓުގައި ލެރޮއި ސާނޭ ޖެހި ގޯލާއެކު ބަޔާނުން ވަނީ ތަށި ޔަގީންކުރުމާ ގާތަށްވެސް ޖެހިލައިފައެވެ.

އެ ސްކޯއާއިން މެޗު ނިމެން ދިޔަ ވަގުތު، އުމުރުން 31 އަހަރުގެ ހެރީ ކޭންވެސް ވަނީ ބެންޗު ކައިރިއަށް ފައިބާ އުފާފާޅުކުރަން ތައްޔާރުވެފައެވެ. އޭނާގެ ކެރިއަރުގައި އަދި ތަށްޓެއް ހޯދިފައި ނުވާ އިރު، ރޭގެ މެޗުގެ ސްކޮޑުގައި ކޭން ނުހިމެނެއެވެ. އެއީ ސަސްޕެންޝަނުގައި ހުރުމުންނެވެ.

ކޭންއާއި ބަޔާނުން ތަށި ޔަގީންކުރަން އިންތިޒާރުގައި ތިއްބާ، މެޗުގެ ފަހު ސިކުންތުގައި ލެއިޕްޒިގަށް އެއްވަރުކޮށްދިނީ ޔޫސުފް ޕައުލްސަންއެވެ.