ކުރިއަށް އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ލީގު ކަޕުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އަލީ ނަސޫހު ރަޝީދު (ޕިލާ) ވެސް އުފަން ރަށް އދ. މަހިބަދޫގެ މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅެން ރިލީސް ހޯދައިފިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މަހިބަދޫގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އަބަދުވެސް ފާހަގަވަމުންދާ އިރު، ޕިލާ އާއި ބިޗަޑަކީވެސް ތަޖުރިބާ ބޮޑު ދެ ކުޅުންތެރިންނެވެ.
ޕިލާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އެއްބަސްވުމެއްގައި ހުރި އިރު، އެ ކްލަބުން އެފްއޭއެެމް ލީގު ކަޕްގައި ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅުމަށް އެ ކްލަބުން ވަނީ ރިލީސް ހަމަޖައްސައިދީފައެވެ.
ބިޗަޑް ހުރީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އެއްބަސްވުމެއްގައެވެ. އެ ކްލަބުން މެދުކެނޑުމަކަށްފަހު އަލުން ފުރަތަމަ ޑިވިޝަނަށް ނުކުންނަން ތައްޔާރަށް އޮތް ނަމަވެސް، ލީގު ކަޕްގައި ވާދައެއް ނުކުރާނެއެވެ. އެހެންކަމުން ރިލީސްއާއެކު ބިޗަޑް ފެނިގެންދާނީ މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ.
ލީގު ކަޕްގައި ބައިވެރިވާން ފުރަތަމަ ފުރުސަތު ދީފައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަކަށެވެ. އެހެން ނަމަވެސް، ބައެއް ކްލަބުތަކުން ވަނީ އެ މުބާރާތާ ދެކޮޅު ހަދައިފައެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުން ލީގު ކަޕް ގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީގެ އިތުރުން އޮޑިއެވެ.
ދެން މުބާރާތުގައި ވާދަކުރާ އަނެއް ދެ ކްލަބަކީ ދެވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
އެފްއޭއެމް ލީގު ކަޕް މިރޭ ފަށަނީ ޓީސީއާއި އޮޑީގެ ކުރިމަތިލުމަކުންނެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް