ގައުމީ ވޮލީބޯޅަ މުބާރާތް، ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ސެމީ ފައިނަލް މެޗުގައި ޕޮލިސް ކްލަބުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން 25-20 އިން ގެންދިޔަ ނަމަވެސް، ހުރައިން ވަނީ ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، 25-16 އިން ސެޓު ގެންގޮސްފައެވެ.
ތިންވަނަ ސެޓުވެސް ހުރައިން 25-16 އިން ގެންގޮސް ޕޮލިހަށް ޕްރެޝަރު ކޮށްލިއެވެ. އެހެން ނަމަވެސް، ޕޮލިހުން ވަނީ ހަތަރު ވަނަ ސެޓު 25-11 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގެންގޮސް، މެޗު ޓައި ބްރޭކް ސެޓަށް ގެންގޮސްފައެވެ.
މެޗުގެ ޓައި ބްރޭކް ސެޓުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެ ސެޓު ޕޮލިހުން ގެންދިޔައީ 15-13 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ ގްރާޒީލޭ ރިބޭރިއޯ ސޯޒާއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް، ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕް 2025ގެ ފައިނަލް މެޗު އޮންނާޏީ މިރޭ 8:30 ގައެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް