ސިވިލް ސާވިސްއާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ ތިންވަނަ ކުއާޓަރުގައި ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިވިލް ސާވިސް އާއި ޖުޑިޝަރީގެ އިތުރުން ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނީ އެއްކޮށް ކަމަށެވެ.
"ސިވިލް ސާވިސްގެ މުސާރައާ އެކީގައި ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ އާއި ޖުޑިޝަރީގެ މުސާރައާ، ތިން ބައި އެއްކޮށް ޕޭ ހާމަނައިޒޭޝަން މިއަހަރު، އަޅުގަނޑުމެން ޝެޑިއުލްކޮށްފައި އިންނާނީ ތާޑް ކުއާޓާއަށް. އެހެންވީމާ ތާޑް ކުއާޓާގެ ތެރޭގައި ދާނެ އެ ކަންތައް އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސިވިލް ސާވިސް އާއި ޖުޑިޝަރީގެ އިތުރުން ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް އެ ނިންމެވުން ނިންމަވާފައިވަނީ، އެ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު