އާޖެންޓީނާގެ ކެޕްޓަން، ބާސެލޯނާ ލެޖެންޑް ލިއޮނަލް މެސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެހެން ކުޅުންތެރިންނާ މެސީއާ އަޅާވެސް ނުކިޔޭނެ ކަމަށް ޒުވާން ތަރި ލެމީން ޔަމާލް ބުނެފިއެވެ.
ބާސާއިން މިވަގުތު މަސައްކަތް ކުރަމުން ދަނީ 10 އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ދިޔުމަށެވެ. މިސީޒަނުގެ ކުރިން ބާސާއިން އެންމެފަހުން ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔައީ 2015 ވަނަ އަހަރުއެވެ. އެފަހަރު ބާސާއިން ތަށި ނެގީ މެސީގެ މޮޅު ކުޅުމާވެސް އެކުގައެވެ.
ބާސާއިން ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުން ނުކުންނަނީ ކޮޕާ ޑެލް ރޭ ކާމިޔާބު ކޮށްފައި އޮވެގެންނެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އުމުރުން އެންމެ 17 އަހަރުގެ ޔަމާލް ވަނީ ބާސާގައި އޭނާ އަދާކުރަމުންދާ ޒިންމާގެ އިތުރުން، އޭނާއަކީ "މެސީ" ކަމަށް ބުނާ ބުނުމަށް ޖަވާބު ދީފައެވެ.
"އަހަންނާ މެސީ އަޅައެއް ނުކިޔޭނެ. މެސީއަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ. މެސީ ނޫނަސް، އެހެން ކުޅުންތެރިޔަކާވެސް އަހަރެން އަޅައެއް ނުކިޔަން. އެއީ އަހަންނަކީ އަމިއްލަ ވާޝަންއެއް،" ޔަމާލް ބުންޏެވެ.
ޔަމާލް ބުނީ މެސީއާ އަޅާ ކިޔުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އޭނާ އަމިއްލައަށް ފުޓުބޯޅައިން އުފާ ހޯދުމަށް މިނިވަންކޮށް ހުންނަން ބޭނުންވާ ކަމަށެވެ.
ޔަމާލަކީ މިހާރުވެސް ކާމިޔާބު ކުޅުންތެރިއެކެވެ. އެންމެ 16 އަހަރުގައި ސްޕެއިން ގައުމީ ޓީމާއެކު ޔޫރޯއަށް ގޮސް، އެ މުބާރާތުގައި މޮޅަށް ކުޅެ ޗެމްޕިއަންކަން ހޯދިއެވެ. އަދި އޭގެފަހުން ބާސާއަށްވެސް ތަފާތު ދައްކަމުންދާ އިރު، ޔަމާލަކީ ބެލޮންޑިއޯއަށް ވާދަކުރާނެ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ