ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ފެނަކަ އާއި އެމްޑަބްލިއުޔުސްސީގައި އެބަހުރި ކަަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްނުދާ މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްނުދާ މަސައްކަތްތައް އެ ފަރާތްތަކުން ވަކިކޮށް ފެނަކަ އާއި އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރަމުންދާ ކަމަށެވެ.
އެ ދެ ކުުންފުންޏަކީ ދަރާފައިވާ، އަދި ބަނގުރޫޓުވެފައިވާ ދެ ކުންފުނި ކަމަށް ބުނުމަށްފަހު، އެފަދަ މަސައްކަތްތައް ހަވާލު ކުރާ އިރު، އެ ދެ ކުންފުންނަކީ އެފަދަ މަސައްކަތްތަކަށް ގާބިލު ކުންފުނިތަކެއްތޯ މެންބަރުން ސުވާލުކުރެއްވިއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެމްޑަބްލިޔުއެސްސީ އާއި ފެނަކައާ ހަވާލުކޮށްގެން ނަރުދަމާގެ މަޝްރޫއުތައް ކުރިއަށްގެންދަނީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށެވެ.
"އެއް ސަބަބަކީ މީގައި ހިމެނޭ ސިވިލް ވޯކްސް ހޮޅި އެޅުމާއި އެ މަސައްކަތްތަކަކީ ފެނަކައަށް ވަރަށް ފަސޭހައިން މިހާރު ހުރި ކެޕޭސިޓީގެ ތެރެއިން ކުރެެވޭނެ ކަންތަައްތަކަށްވާތީ. ދެވަނަ ކަމަކީ އޭގައި ހުރި ޓެކްނިކަލް ބައިތަކުގެ މަސައްކަތްތައް އެމްޑަބްލިޔުއެސްސީ އާއި ފެނަކައާ މަސައްކަތްކޮށްގެން ގުޅިގެން އެކަން ކުރެވޭނެ ކަމަށްވާތީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އެހެންވެ ދެއްތޯ ފެނާ ނަރުދަމާ ނިމިފައި ހުންނަ ރަށްރަށުން އެހިދުމަތް ރައްޔިތިންނައްނުލިބި ހުންނަނީ އެގާބިލުކަން ހުރީމަ ދެއްތޯ ތޮތޮބެ
ަުފެންސިރުބެ - 1 އަހަރު ކުރިން