މިހާރު މެންޗެސްޓާ ޔުނައިޓެޑް އޮތް ހާލަތުގައިވެސް، ކްލަބަށް ކުޅެން ބޭނުން ނުވާނެ ކުޅުންތެރިޔަކު ނުހުންނާނެ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ސާ އެލެކްސް ފާގަސަން ޔުނައިޓެޑްގެ ކޯޗުކަން ދޫކޮށްލިފަހުންް އެ ކްލަބު ފެނިގެން ދިޔައީ އުނދަގޫ ހާލަތެއްގައެވެ. ހާއްސަކޮށް މިދިޔަ ދެތިން އަހަރެއްގައި ޔުނައިޓެޑް ފެނުނީ ހާލަތު ދަށްކޮށެވެ. މިހާތަނަށް މި ސީޒަނުގައިވެސް ޔުނައިޓެޑަށް އުނދަގޫ ހާލަތްތަކަކާ ކުރިމަތިވެފައިވާ އިރު، މިހާރު އެ ކްލަބު އޮތީ 14 ވަނައިގައެވެ.
އެޓީމު މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު 15 މެޗަކުން ބަލިވެފައިވާ އިރު، އަދި މިހާތަނަށް ލިބިފައި ވަނީ އެންމެ 38 ޕޮއިންޓެވެ. އެއީ އެ ކްލަބުގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ދަށް ހާލަތެވެ.
"މިއީ އަދިވެސް ހަމަ ތާރީހީ މެންޗެސްޓާ ޔުނައިޓެޑް. އަދިވެސް ބައިވަރު ކުޅުންތެރިން މި ކްލަބަށް ބޭނުންވާނެ. މިހާރު އޮތް ހާލަތުގައި ޔުނައިޓެޑްގެ ނަތީޖާތައް ދަށް ނަމަވެސް، އަދިވެސް އަހަރެމެންގެ ވިސްނުން ހުރީ ރަނގަޅަށް. ދުރު ރާސްތާ ޕްލޭނެއް އެބައޮތް. އެ ޕްލޭނަށް މީހުން ސަމާލުކަން ބޮޑުވާނެ،" އަމޯރިމް ބުންޏެވެ.
މީގެ ކުރިން ޔުނައިޓެޑުން ޕްރިމިއާ ލީގު އެރާގައި އެންމެ ދަށް ނަތީޖާއެއް ނެރުނު ސީޒަނަކީ 2021-22 ވަނަ އަހަރުގެ ސީޒަނެވެ. އެފަހަރު ލީގު ނިންމާލީ 58 ޕޮއިންޓާއެކުގައެވެ. މި ސީޒަނުގައި އަދި ފަސް މެޗު އޮތް އިރުު، އެ ނަތީޖާއަށްވުރެ މި ސީޒަނުގެ ނަތީޖާ ދަށްވުމުގެ ފުރުސަތު އެބައޮތެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް