މ. މުލި އެއާޕޯޓުގެ މަސައްކަތް ނިންމައި އިއްޔެ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ.

ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއާޕޯޓަށް ޖެއްސީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އެ ފްލައިޓަށް މަރުހަބާ ކިއުމަށް ރައްޔިތުން ވަނީ ފަރިވަޅެއްވެސް އަރުވައިފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓު ތަރައްގީކުރަން ފެށީ 2021 ވަނަ އަހަރެވެ. 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި އެއާޕޯޓަކީ 1.5 ކިލޯމީޓަރުގެ ރަންވޭއަކާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. އެއާޕޯޓަށް 36 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައިވެ އެވެ.

މިއީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ. މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ފަހުތާގެ ދުވަހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.