ކޮޕާ ޑެލް ރޭގެ ފައިނަލަށް ނުކުންނަން ހުރި ރެފްރީ، ރިކާޑޯ ޑެ ބާގޮސް ބެންގޮއެޓްޒެއާ އާއި ރެއާލް މެޑްރިޑާ ދެމެދު މައްސަލަތަކެއް ޖެހިއްޖެއެވެ.
މާދަމާ ރޭ އޮންނަ ކޮޕާ ޑެލް ރޭ ފައިނަލުގައި ރެއާލާއި ބާސެލޯނާ ވާދަކުރާ އިރު، އެ މެޗު އޮންނާނީ ސެވިއްޔާގައެވެ. އެ މެޗުގައި ރެފްރީކަން ކުރާނީ ރިކާޑޯއެވެ. މެޗުގެ ވާހަކަ ރެއާލް ޓީވީން ގެނެސްދެމުން ގޮސް، ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، އެ މައްސަލައިގައި ރެފްރީ ވަނީ ޕްރެސްއެއް ބާއްވައިފައެވެ.
ރެއާލް ޓީވީން ދެއްކި ހާއްސަ ތަފާސް ހިސާބެއްގައި ރެފްރީ ރިކާޑޯއާއެކު ބާސާއާއި ރެއާލްގެ މޮޅުވުމުގެ ރެކޯޑު އަޅައި ކިޔާފައިވާ އިރު، އޭގެ އިތުރުން އެ ރެފްރީއަކީ ފީފާ މުބާރާތެއްގެ އިތުރުން ޗެމްޕިއަންސް ލީގު މެޗެއްގައިވެސް ރެފްރީކަން ކޮށްފައި ނުވާ ރެފްރީއެއް ކަމަށް ބުނެ، "ވަގަށް"ވެސް ގޮވާފައިވެއެވެ.
ރެފްރީން ބޭއްވި ޕްރެސްގައި ރިކާޑޯ، ރޮވިފައި ހުރެ ބުނީ އޭނާގެ ދަރިން ސްކޫލަށް ގޮސް ގެޔަށް އައިސް، ބައްޕައަށް ވަގަށް ގޮވުން އެއީ ދެރަވާ ކަމެއް ކަމަށާއި، އެކަން އެހެން އެވީ ރެއާލް ޓީވީން ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށެވެ.
އެ މައްސަލައިގައި ރެއާލުން ވަނީ ރެފްރީ ރިކާޑޯ ބޭއްވި ޕްރެސްއަށްވެސް ފާޑު ކިޔައިފައެވެ. ރެއާލުން ބުނީ ރެއާލް ޓީވީއަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، ޓީވީ ޗެނަލެއްގައި އާންމުން ދައްކާ ވާހަކައަކާ ހެދި ރެފްރީ ހިތްބުރަވެ، ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް