ފުވައްމުލައް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް ޕޮލިސް ސްޓޭޝަން ތެރޭގައި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި އިދާރީ ތަހުގީގެއް ކުރިއަށް ގެންދަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފިއެވެ.
އެ މައްސަލައަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ މީހަކަށް އެ ސްޓޭޝަންގެ ރިސެޕްޝަން ތެރޭގައި ދެ ފުލުހަކު އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
އެ މައްސަލައާ ގުޅިގެން އެންއައިސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ތުހުމަތު ކުރެވޭ ދެ ފުލުހުންގެ މައްސަލަ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެ ކޮމިޝަންގެ ފަރާތުން ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވުމުން މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކުރުމުގެ މަސްލަހަތު ނެތް ކަމަށް ބަޔާންކޮށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުގެ އެ ނިންމުން މުރާޖާކޮޮށްދިނުމަށް އެ ކޮމިޝަންގެ ފަރާތުން މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެދުމުން އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލުކުރަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް މި މަހުގެ ހަ ވަނަ ދުވަހު ޕީޖީން އަންގާފައިވާ ކަމަށް އެންއައިސީން ބުންޏެވެ.
އެންއައިސީން ބުނީ، ޕީޖީ އޮފީހުގެ އެ ނިންމުމާއެކު އެ މައްސަލައިގެ އިދާރީ ތަހުގީގެއް ކުރިއަށް ގެންދިއުމަށް މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ގަދަ ދައްކަންޏާ އަނިޔާ ނުކުރިޔަސް އަނިޔާ ވާނެ
ކަމަނަ - 1 އަހަރު ކުރިން