އެކި ފަރާތްތަކުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަންޖެހޭ ފައިސާ، އެ ފަރާތްތަކުގެ އެސެޓްތައް ހިފަހައްޓައިގެން ނަމަވެސް ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ އެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަން ހުރި ފައިސާ ނުއްދައްކާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު، ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި، މަޖިލީހުން ފާސްކުރުމަށް ހިމެނި ރެކޮމެންޑޭޭޝަންތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
ކޮމިޓީން އެކުލަވައިލި ރިޕޯޓްގައިވާގޮތުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންބިމާއި ވިޔަފާރީގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ތަންތަނުން އެޗްޑީސީއަށް 1.4 ބިލިޔަން ރުފިޔާ ލިބެން ޖެހެއެވެ.
އެރިޕޯޓްގައިވާ ގޮތުން އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކުންފުނިތަކުގެ އަދަދު 30 އަށް ވުރެ ގިނައެވެ. އެގޮތުން މާލީ ދަތިތަކާ ހުރެ ފައިސާ ދައްކަން ލުއި ދީފައިވާ ފަރާތްތަކުން ލިބެން ޖެހޭ އަދަދު 193 މިލިއަން ރުފިޔާއަށް އަރާއިރު، އެ ފަރާތްތަކުން ލިބިފައި ވަނީ 28.1 މިލިއަން ރުފިޔާ ކަމަށްވެސް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ގިނައީ ހުޅުމާލޭގައި ފްލެޓް އިމާރާތައް ހަދަން ދީފައިވާ ކުންފުނިތަކެވެ.
އެ ރިޕޯޓްގައި ވަނީ ކުލި ނުދެއްކުމުގެ ސަބަބުން އެ ފައިސާ ހޯދުމަށް އެކި ކުންުފުނިތަކާ މެދު އަޅާފައިވާ ފިޔަވަޅުތަކާއި އަދި އެ ބިންތަކާ މެދު އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލް ވެސް ހިމަނައިފައެވެ.
އެގޮތުން ކުލި ނުދެއްކުމުން އެގްރިމަންޓް ބާތިލްކޮށް އާ ބަޔަކަށް 64 ބިން ކުއްޔަށް ދީފައިވާ ކަމަށާއި އެގްރިމަންޓް ބާތިލްކޮށް އެޗްޑީސީގެ ބޭނުމަށް 16 ބިމެއް ނަގާފައިވާ ކަމަށާއި އެގްރިމަންޓް ބާތިލްކޮށް 28 ބިމެއް ކުއްޔަށް ނުދޭން ނިންމާފައިވާ ކަމަށާއި ވަގުތީ ގޮތުން ބޭނުން ކުރުމަށް 12 ބިމެއް ދޫކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.
އެހެންކަމުން އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކުންފުނިތަކުގެ އެސެޓްތައް ހިފަހައްޓައިގެން އެ ފައިސާ ހޯދުމަށް، މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހެޅިގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ފުރަތަމަ އެޗްޑީސީން މީހުންނަށް ދޭންޖެހޭ ހިދުމަތްދީބަލަ. މެއިންޓެނެންސް ފީ ގަވައިދުން އެބަނަގާ، އެކަމު އެހެރަ ކޮރަލްވިލް ބިލްޑިންގތައް ވެސް ހަލާކުވެހެން އެދަނީ، ކުނިކަހާނުލާތާ މިހާރު 14 އަހަރުުވީ ކުލަކޮޅެެއްވެސް ނުލާތާ، ކީއްވެ ލާރިދައްކަންޖެހެނީ.
ޢަލީ - 1 އަހަރު ކުރިން