މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެކަމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ، އެ ކޮމިޝަންގެ މެންބަރުކަަމަށް ހުޅުވައިލެއްވި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކާއި އެބޭފުޅުންނާ ބެހޭ މައުލޫމާތު، އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
އެހެންކަމުން އޭގެ ތެެރެއިން ބޭފުޅަކު ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް އެތަނުން ބޭފުޅެއްގެ ނަން ފާސްކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތައް:
- އައިމިނަތު ޝިޔާނާ، މ. ފަތަހަ
- އިބްރާހިމް އަޝްރަފް، ވ. މަށިވެލި
- މޫސާ ރިޒްވާން، މ. ހާވިލާ
- އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
- ޒީނާ ޒާހިރު، އަތިރީގެ، ގދ. ގައްދޫ
- އަހްމަދު ޒާހިރު، ހ. ސަންދަލީގެ
- ޒަމްއަތު އަހްމަދު ވަހީދު، މަލަ، ގދ. ތިނަދޫ
- މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ
- ޝިމްލާ އަހްމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
- ފާތިމަތު އަޒީމާ، އޯކިޑްމާގެ، ށ. ފީވައް
ރައީސްގެ ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ ބޭފުޅުންގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިމަހުގެ ހަވަނަ ދުވަހު ފުރުސަތު ހުލުވާލީ އެ ކޮމިޝަންގެ މެންބަރުގެ ގޮތުގައި ހުންނެވި ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން ހުސްވި މާޗު މަހުގެ 17 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ފަޒީން، އިސްތިއުފާ ދެއްވީ ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރާ މައްސަލައެއް ހުށަހެޅި، އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް އޭނާ ކޮމިޝަނުން ވަކިކުރަން ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.
އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން