ގދ. ފިޔޯރީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ފިޔޯރީގެ ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ.

ފިޔޯރީގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބަނދަރު ހެދުމަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް، މަސައްކަތު ސައިޓަށް ގެންދިޔައީ 15 އޯގަސްޓް 2023 ގައެވެ.

ފިޔޯރީ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން، 26,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

23 އެޕްރިލް 2025: ގދ. ފިޔޯރީގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައި --- ފޮޓޯ/ އެމްޓީސީސީ

އޭގެ އިތުރުން އެ ރަށުގެ ބަނދަރުގެ 18,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 281 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމަށް ވެސް ވަނީ ހަަމަޖެހިފައެެވެ.

ފިޔޯރީ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން 760 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ 33.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.