އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގެންފިއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ސައުދީ އަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އެގައުމަށް ވަޑައިގެންފައިވާއިރު މިއީ ދެދުވަހުގެ ދަތުރފުޅުޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮޑުވަޒީރު ސައުދީއަށް ދަތުރުކުރެއްވި ފްލައިޓާ އެކު ސައުދީގެ ރޯޔަލް ފައިޓަރ ޖެޓްތަކުން ވަނީ ސައުދީގެ ވައިގެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
މޯދީގެ ދަތުރުފުޅާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ވާގޮތުން އިންޑިއާއާއި ސައުދީއާ ދެމެދު އޮތް ތާރީހީ ގުޅުމުގެ ސަބަބުން ދެ ގައުމު ދެމެދު އިތުރަށް ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މި ދަތުރުފުޅުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ބޮޑުވަޒީރު މޯދީ ސައުދީއަށް ކުރައްވާ ދަތުރުފުޅަކީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ