ބަޔާން ލެވަކޫސަންގެ ކޯޗު، ޒަބީ އެލޯންސޯއަށް މިހާރުވެސް ކްލަބު ދޫކޮށްލާފައި ދެވިދާނެ ހާލަތްތަކެއް އަނގަބަހުން އެއްބަސްވެފައިވާނެ ކަމަށް ކްލަބުގެ ސީއީއޯ ފެނާންޑޯ ކާރޯ ވިދާޅުވެއްޖެއެވެ.
މިދިޔަ ސީޒަނުގައި ލެވަކޫސަންއާއެކު ޖަރުމަނު ކަޕާއި ލީގު ނެގުމުގެ އިތުރުން ޔޫރޮޕާ ލީގުގެ ފައިނަލަށްވެސް އެޓީމު ގެންގޮސްދިން އެލޯންސޯ، މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ.
އެލޯންސޯ ލެވަކޫސަންގައި ހުރީ ހިތްހަމަ ޖެހިގެން ނަމަވެސް، އޭނާ ބޭނުންވާނަމަ، ކުރިން ކުޅުނު ކްލަބަކަށް ދާން އަބަދުވެސް ޖާގަ ދޭނެ ކަމަށް ކާރޯ ވިދާޅުވެފައިވެއެވެ.
އުމުރުން 43 އަހަރުގެ އެލޯންސޯ، އޭނާގެ ކާމިޔާބު ކެރިއަރުގައި ލިވަޕޫލާއި ރެއާލް މެޑްރިޑްގެ އިތުރުން ބަޔާން މިއުނިކާއި ރެއާލް ސޮސިއެދާދަށް ކުޅެފައިވެއެވެ.
އެލޯންސޯ މި ސީޒަނަށްފަހު ރެއާލާ ގުޅޭނެ ކަމަށް ގިނަ ހަބަރުތަކެއްގައި ބުނެފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާ ހުރީ މިހާރުވެސް ކާލޯ އެންޗެލޮޓީގެ ބަދަލުގައި ކްލަބާ ހަވާލުވާން ތައްޔާރަށެވެ.
އުމުރުން 65 އަހަރުގެ ކާލޯ އެންޗެލޮޓީ، މި ސީޒަނަށްފަހު ރެެއާލާއެކު މަޑުކުރަން ބޭނުން ނުވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެއެވެ. އެގޮތުން އެންޗެލޮޓީ، ރެއާލަށްފަހު ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން ތައްޔާރުވެފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
މުޙައްމަދު ޝަމްޢޫން
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު