އެމްޑީޕީގެ އިސް އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއް ހިމެނޭ ގޮތަށް ހަށިގަނޑުގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރަމާތަށް އުނިކަން އަންނަ ގޮތަށް އެ ދެ މީހުން ވާހަކަދެއްކި ކަމަށް ބުނާ މައްސަލައިގައި ފުލުހުން މިހާރު ހިންގަމުންގެންދާ ތަހުގީގާ ގުޅިގެންނެވެ.
އެ މައްސަލައިގައި ފުލުހުން އެ ދެ މީހުންނަށް، ފުުލުހުންގެ އިންސްޕެކްޓާ ޝަނާޒު އަހްމަދު ސޮއިކުރައްވައި މިދިޔަ ހަފުތާގައި ފޮނުއްވި ޗިޓްގައި ވަނީ، އެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސާޖެންޓް އާދަމް ހަލީމް، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުންގެ، ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް، ހާޒިރުވުމަށް އަންގާކަމަށް ޗިޓްގައިވެއެވެ. އެ މީހުން ހާޒިރުވުމަށް އަންގާފައިވަނީ އިއްޔެއެވެ.
ނަމަވެސް ފަހުން އެ ޗިޓް ކެންސަލްކޮށް، އެ މައްސަލައިގައި ހާޒިރުވުމަށް އަންގާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް