ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީއަށް ވެދެ ބަލައި ފާސްކުރަން ފަށައިފިއެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަން ވަނީ އެކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނާއި އޭސީސީން އެ މިނިސްޓްރީ ބަލައި ފާސްކުރަނީ 2018 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެކަމުގެ ތަފުސީލެއް ފުލުހުންނާއި އޭސީސީން މިނިސްޓްރީއާ އަދި ހިއްސާނުކުރާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"އަދި ނޭނގެ ސީދާ ބުނާކަށް އެއީ އެގްރިކަލްޗާކަމެއް ނުވަތަ އެނިމަލްވެލްފެއާއާ ގުޅުންހުރި ކަމެއްކަމަށް. އެ ބޭފުޅުން އެ މައުލޫމާތެއް ނުދޭ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އޭސީސީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ މައުލޫމާތު ސާފުކުރެއްވުމަށްފަހު ގުޅުއްވާނެ ކަމަށެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ