ފިޝަރީޒް އެންޑް އޯޝަން ރިސޯސް މިނިސްޓްރީއާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލުމަށްފަހު، ފިޝަރީޒް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ނަމަށް ބަދަލުކޮށްފިއެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަރިޔަމް މާރިޔާވަނީ މިއަދު އިސްތިއުފާ ދެއްވައިފައެވެ.

ރައީސް އޮފީހުން މިއަދުވަނީ ފިޝަރީޒް މިނިސްޓްރީއާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލުމަށް ނިންމައިފައެވެ.

އަދި ރައީސް އޮފީހުގައި މިރޭ ބޭއްްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ފިޝަރީޒް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމަށް އަހުމަދު ޝިޔާމް އައްޔަން ކުރައްވައިފައެވެ.

ޝިޔާމަކީ ފިޝަރީޒް މިނިސްޓަރުގެ ހުންނެވި ބޭފުޅާއެވެ.