މި އަހަރުގެ ރަމަޟާންމަހަށް މާލެގައި ހުޅުވާލި ވަގުތީ މާރުކޭޓުގައި ޖުމުލަ ހަތް ރަށަކުން ތަކެތި ވިއްކާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީ ބުނެފިއެވެ.

ރަމަޟާންމަހަށް ދަނޑުވެރިންގެ ތަކެތި ވިއްކަން މާލޭގައި ވަގުތީ މާރުކޭޓެއް ހުޅުވަން ނިންމައި އެ މާރުކޭޓުން ގޮޅިތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ ނިިމިދިޔަ މަހުގެ 21 ގައެވެ.

އެގްރިކަލްޗާ މިނިސްޓްރީ މިއަދު ބުނީ މިރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކާނެ ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ކުރާ ހަތް ރަށަކުން ބައިވެރިވިއެވެ.

މި މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ ދިހަ ދަނޑުގެ އުފެއްދުންތައް ވެސް ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ގާއިމް ކުރާ މާރުކޭޓް، މިމަހުގެ 17 ވަނަ ދުވަހަށް ހުޅުވުމަށް، ވާންޖެހޭ ތައްޔާރިތައް އެގްރިކަލްޗާ މިނިސްޓްރީންދަނީ ކުރަމުންނެވެ. އެމާރުކޭޓުން ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި، އުފައްދާ ތަކެއްޗެވެ.

އަދި މި މާރުކޭޓްގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރި ވާނީ ދިވެހިންނެވެ. މި މާރުކޭޓުގައި އަމަލުކުރަންޖެހޭ އުސޫލުތައް އެގްރިކަލްޗާ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

22 ޖެނުއަރީ 2026: ދިވެހި ދަނޑުވެރިން --- ފޮޓޯ/އެގްރިކަލްޗާ މިނިސްޓްރީ

މާރުކޭޓު ބޭނުންކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް:

  • މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ މިއަދުގެ ހަވީރު 16:00 އިން ފެށިގެން.
  • މާރުކޭޓްގައި ވިއްކާތަކެތީގެ ސައްހަ ރިކޯޑު މިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ.ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ (ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި އިމްޕޯޓްކޮށްފައިވާ ކާބޯތަކެތި ފަދަ) އިތުރު ތަކެތި ވިއްކުމަކީ މަނާކަމެއް.
  • ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީން ބޭތިއްބުމަކީ މަނާކަމެއް.މާރުކޭޓުން ބޭރުގައި އަދި އެބަޔަކަށް ކަނޑައަޅާފައިވާ ގޮޅިތަކުން ބޭރުގައި ތަކެތި ވިއްކުމަކީ މަނާކަމެއް.ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ، ބަރަބޯ ފަދަ ހަރު ތޮށިގަނޑުލާފައިވާ ބާވަތްތައް ފިޔަވައި އެހެން އެއްވެސް ބާވަތެއް ތަޅުންގަނޑު މަތީގައި ބެހެއްޓުމަކީ މަނާކަމެއް.
  • މޭވާއާއި ތަރުކާރީ ވިއްކަންވާނީ ތަޅުމުން ފެށިގެން އެންމެ ކުޑަވެގެން ދެ ފޫޓު އުސްކޮށް ހުންނަ ސާފުތާހިރު މޭޒެއް ފަދަ އެއްޗެއްގެ މަތީގައި ބަހައްޓައިގެން.މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް (ނަމާދު ވަގުތުތައް ނުހިމަނައި).
  • މާރުކޭޓު ބޭނުންކުރާ ފަރާތްތަކުން މާރުކޭޓުގެ އެތެރެއާއި މާރުކޭޓު ހިމެނޭ ސަރަހައްދަށް ކުނިއަޅާ ހަދައިގެންނުވާނެ. އަދި މާރުކޭޓުތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ.މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން، ކޮންމެ ދުވަހަކުވެސް ވިޔަފާރި ނިމުމުން އެފަރާތަކުން ބޭނުންކުރަމުންގެންދާ ގޮޅީގައި އުފެދިފައިވާ ކުނި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ޖަމާކުރަންޖެހޭ.
  • 26 މާޗު 2026 ވަނަ ދުވަހުގެ 18:00ގެ ކުރިން ތަނުގައި ހުރި މުދާ ނެރެ ތަން ހުސްކުރަންޖެހޭ.