ލަ ލީގާގެ އެއްވަނަ މަގާމުގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގެ ފަހު މިނެޓުގައި ގޯލު ޖަހައިގެން ސެލްޓަ ވީގޯ ބަލިކޮށްފިއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސެލްޓާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެއީ ސެލްޓާއިން ފަހަތުން އަރައި މޮޅުވާން ދަނިކޮށެވެ. ބާސާ މޮޅުވީ ރަފީނިއާ އެންމެ ފަހު މިނެޓުގައި ޖެހި ޕެނަލްޓީއަކުންނެވެ.

ރޭގެ މޮޅާއެކު ބާސާއިން ވަނީ ލީގު ނެގުމާ އިތުރަށް ގާތަށް ޖެހިލައިފައެވެ. ބާސާ މިވަގުތު އެއްވަނައިގައި އޮތީ 32 މެޗުން 73 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލީގަށް ވާދަކުރަމުންދާ ރެއާލަށް 31 މެޗުން 66 ޕޮއިންޓް ލިބިފައިވާ އިރު، މެޗެއް އަތުގައި އޮވެ، ރެއާލް އޮތީ ހަތް ޕޮއިންޓް ފަހަތުގައެވެ.

މެޗުގެ ކުރީކޮޅުގައި ފެރާން ޓޮރެސް ގޯލެއް ޖެހި ނަމަވެސް، އޭގެ އިރުކޮޅެއްފަހުން ބޯހާ އިގްލޭސިއަސް ސެލްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އިގްލޭސިއަސް ދެވަނަ ހާފުގެ ކުރީކޮޅުގައި އިތުރު ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރުމާއެކު ބާސާ ހާސްކަމަށް ވައްޓާލިއެވެ.

މެޗު އަނބުރާލަން ބާސާއިން ޖެހި ފުރަތަމަ ގޯލު، 64 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ޖެހި އިރު، އޭގެ އިރުކޮޅެއްފަހުން ރަފީނިއާ ވަނީ އެއްވަރު ކޮށްފައެވެ.

އިތުރު ވަގުތުގެ ގޮތުގައި 8 މިނެޓް ދައްކާފައިވާ އިރު، 97 ވަނަ މިނެޓުގައި ބާސާ މެޗުން މޮޅުވީ ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއަކުންނެވެ.