ބޮލީވުޑްގެ ނަން މަޝްހޫރު ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާގެ ބަރުދަން ލުއިކުރި ގޮތް ކިޔައިދީފިއެވެ. އިއްޔެ ބޭއްވި އިންސްޓަގްރާމް ލައިވް ސެޝަނެއްގައި ކަރަން ބުނި ގޮތުގައި މި މަސައްކަތް ފެށުނީ އޭނާގެ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް ކުރާން ޖެހުނު މަސައްކަތްތަކެއްގެ ތެރެއިންނެވެ.
ބަރުދަން ލުއިކުރުމަށް ކަރަން އިހުތިޔާރުކުރީ ދުވާލަކު އެއް ކެއުން ކެއުމަށެވެ. މީގެ އިތުރުން ޕެޑްލްބޯލް ކުޅުމާއި ފެތުމުގެ އާދަ ދަސްކުރިއެވެ. ކަރަންގެ ބަރުދަން ދަށްވުމާ ގުޅިގެން އެކި ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް، އޭނާ ވަނީ ބަރުދަން ލުއިކުރުމަށް އެއްވެސް ބޭހެއް ބޭނުންކޮށްފަައި ނުވާކަން ކަށަވަރުކޮށްދީފައެވެ.
ކަރަން ބުނީ އޭނާގެ ބަރުދަން ދަށްވީ ރަނގަޅު ކާނާ ކެއުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ސަބަބުންނެވެ. މިގޮތުން ކާނާއަށް ސަމާލުކަން ދިނުމާއި، ކަސްރަތުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތުކަން ދިނުން ހިމެނެއެވެ.
އެޑިޓަރުގެ ނޯޓު: އެކި މީހުން ބަރުދަން ލުއިކުރާން އެކި ކަހަލަ ގޮތްތައް އިހުތިޔާރު ކުރެއެވެ. އެހެންކަމުން މި ލިޔުމުގައި މިވާ ގޮތަކީ އެގޮތަށް ކަން ކުރުމަށް ހިތްވަރުދޭ އިރުޝާދެއް ނޫނެވެ.
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން