ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރީ، އަހްމަދު ރަޝްވާން އިސްމާއީލް ރަޝީދު ކިޔާ މީހެއްގެ މައްޗަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށްކުރި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އިން ކުށްވެރިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އަހްމަދު ރަޝްވާން އިސްމާއީލް ރަޝީދުގެ މައްޗަށް ވަނީ ކުޑަކުއްޖަކު ލައްވާ އޮރިޔާންކާޑު އުފެއްދި ކަމުގެ ކުށް ސާބިތުވެ 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށްވެސް ހުކުމްކޮށްފައެވެ. އެހެންކަމުން މި ދެ މައްސަލައިގައި އޭނާއަށް އިއްވާފައިވަނީ 34 އަހަރުގެ ޖަލު ހުކުމެކެވެ.
މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، އެ ދައުވާއާބެހޭ އެހެން މައުލޫމާތެއް ކުރިމިނަލް ކޯޓުން ދީފައެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް