ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މިއަދު ބުނެފިއެވެ.
ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ. އެކްސިޑެންޓުވި ސައިކަލުގައި ހަ އަހަރުގެ އަންހެން ކުއްޖަކުވެސް އިނެވެ. އެ ކުއްޖާއަށް ފަރުވާ ދޭން ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ.
ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނި ނަމަވެސް އަނިޔާގެ ތަފުސީލުތަކެއް ހިއްސާއެއް ނުކުރިއެވެ. އޭޑީކޭ ހޮސްޕިޓަލުންވެސް އެ މައުލޫމާތެއް ނުދިނެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ހަ އަހަރުގެ ކުއްޖާވެސް އަދި ހޮސްޕިޓަލުން ދޫކޮށެއް ނުލަ އެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފުސީލެއްވެސް ފުލުހުން އަދި ޓްރީ ޓޮޕް ހޮސްޕިޓަލަކުން ހާމައެއް ނުކުރެ އެވެ.
ފާތިމަތު ލިއުޝާ
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް