ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ މަސައްކަތް ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މާޅޮހުގައި 2006 ވަނަ އަހަރު ހަދާފައިވާ ބަނދަރު މަރާމާތުކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ފެބްރުއަރީ 23 ގައެވެ. މިއީ 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
  • 36,527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން.
  • 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  • 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން.
  • 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން.
  • 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން.
  • 266 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ރޭމްޕެއް ހެދުން.
  • 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން.
  • 1475 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން.
  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން.