އިނގިރޭސި ޕްރިމިއާ ލީގު ކްލަބުތަކުގެ ތެރެއިން އެޖެންޓް ފީއަށް އެންމެ ބޮޑު ހަރަދެއް ކުރީ ޗެލްސީން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޗެލްސީއަކީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް އެޖެންޓުންނަށް ދޭ ފީގެ ގޮތުގައި އެންމެ ގިނަ ފައިސާ ހަރަދު ކުރި ޓީމެވެ. ކްލަބުތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އޭގައި ހިމެނެނީ މިދިޔަ އަހަރު ފެބްރުއަރީން މި އަހަރު ފެބްރުއަރީއަށް ކްލަބުތަކުން ކޮށްފައިވާ ހަރަދެވެ.
އެޖެންޓް ފީގެ ގޮތުގައި ކްލަބުތަކުން ކުރާ ހޭދައަކީ ފީފާގެ ކަންބޮޑުވުމަކަށް ވެފައި އޮތް ކަމެކެވެ. ޗެލްސީ ވަނީ މިދިޔަ އަހަރުވެސް ފިރިހެން ޓީމުގެ ޓްރާންސްފާތަކަށް އެކަނިވެސް 60 މިލިއަން ޕައުންޑް އެޖެންޓުނަށް ހަރަދުކޮށްފައެވެ.
އެއީ ޕްރިމިއާ ލީގުގެ ރެކޯޑެއް ނަމަވެސް ޗެލްސީން އޭގެ ކުރީ އަހަރު މާބޮޑު ހަރަދެއް ކޮށްފައިވެއެވެ. އެއީ 75.1 މިލިއަން ޕައުންޑެވެ.
މިދިޔަ އަހަރު ޕްރިމިއާ ލީގު ކްލަބުތަކުން ޖުމުލަ 409.1 މިލިއަން ޕައުންޑް އެޖެންޓުނަށް ހަރަދުކޮށްފައިވާއިރު، އޭގެ ކުރީ އަހަރު އެޖެންޓުންނަށް ކޮށްފައިވާ ހަރަދަކީ 409.5 މިލިއަން ޕައުންޑެވެ.
މިދިޔަ އަހަރުވެސް ދެވަނައަކަށް އެޖެންޓުނަށް އެންމެ ގިނައިން ހަރަދުކުރި ޕްރިމިއާ ލީގު ޓީމަކީ މެންޗެސްޓާ ސިޓީއެވެ. އެއީ 52 މިލިއަން ޕައުންޑެވެ. އަދި އެ ލިސްޓްގެ ތިންވަނައިގައި އޮތް ޔުނައިޓެޑުން ވަނީ 33 މިލިއަން ޕައުންޑް އެޖެންޓުނަށް ހަރަދު ކޮށްފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ