ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދަނީ ރަނގަޅަށްތޯ ޔަގީންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީން މިގޮތަށް ނިންމީ، އެ މައްސަލަ ޖޭއެސްސީން ބަލަމުންދަނީ ބޭއިންސާފުން ކަަމަށް ވިދާޅުވެ، އަޒްމިރަލްދާގެ ފަރާތުން ކޮމިޓީއަށް ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެންނެވެ.
ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ފަނޑިޔާރު އަޒްމިރަލްދާ ފޮނުއްވި ސިޓީގައި ވަނީ، ޖޭއެސްސީއަކީ ވަކި ފަރާތަކަށް ބުރަނުވެ މަސައްކަތްކުރާ މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި، އެ ކޮމިޝަންގެ މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަންވާނީ ގާނޫނުއަސާސީއަށާއި ގާނޫނުގައިބުނާގޮތަށް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ.
ކޮމިޝަންގެ މެންބަރުންނަށް ލިބިފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ހައްދެއްނެތި މެންބަރުން ހިތުހުރި ގޮތަކަށް ނޫންކަން ޖޭއެސްސީގެ ގާނޫގައި ބަޔާންކޮށް، މެންބަރުންގެ ސުލޫކީ މިންގަނޑު ގާނޫނުގައި ތަފްސީލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް ފަނޑިޔާރާ ބެހޭގޮތުން ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގައި، ޖޭއެސްސީގެ ނިންމެވުންތައް ނިންމެވުމުގައި ގާނޫނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފަށް ތަކުރާރުކޮށް ޖޭއެސްސީގެ މެންބަރުން އަމަލު ކުރައްވާފައިވާތީ އެކަން ހުއްޓުވައިދެއްވައި ފިޔަވަޅު އަޅުއްވައިދެއްވުމަށް ވެސް ވަނީ އެ ސިޓީގައި އެދިވަޑައިގެންފައެވެ.
އެ ސިޓީގައި އަޒްމިރަލްދާ ވިދާޅުވީ، އަސްލެއްނެތް ދޮގު ތުހުމަތުތަކެއް އަޒްމިރަލްދާގެ މައްޗަށް ކޮށް ސުލޫކީ މައްސަލަތަކެއް ބެލުމުގެ ނަމުގައި ޖޭއެސްސީން ކުރިއަށްގެންދާ ކަންތައްތަކުގައި އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށެވެ.
އެގޮތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީތެރިކަން ހޯދައި ލިބިގަތުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއްކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، އެ ހައްގު ޖޭއެސްސީން ނިގުޅައިގެންފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަޒްމިރަލްދާގެ ސިޓީއާ ގުޅިގެން، ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، ފަނޑިޔާރު އަޒްމިރަލްދާގެ ވާހަކަ އެކަނި އަޑުއަހައިގެން މައްސަލަ ނިންމުމުގެ ބަދަލުގައި، އެ މައްސަލަތައް ޖޭއެސްސީން ކުރިއަށްގެންދިޔަ ގޮތް ސާފުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ކޮމިޓީން ވަނީ ޖޭއެސްސީން ކުރިއަށްގެންދިޔަ ގޮތް ސާފުކުރުމަށް ފާސްކޮށްފައެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ސުލޫކީ ތިން މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަކާއި، ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަދެއްކެވި ކަމަށްބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ ހުށަހަޅާފައިވާ މައްސަލައެކެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ޢަޒްމިރަލްޑާ ސްޕްރީމް ކޯޓްގެ ޝަރީއަތުގެ މަޖިލީހުގައި އިންނެވީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް.
ޜަފީޤް - 1 އަހަރު ކުރިން