ހުޅުމާލޭ ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައިފިއެވެ.
ފުލުހުން މިރޭ ބުނީ މިރޭ 10:08 އެހާކަންހާއިރު ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއް އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީ ހިންގާފައިވަނީ ނޭޕާލް މީހަކާއި ބަންގުލަދޭޝް މީހެއްގެ ދެމެދުގައި ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީގައި ބަންގުލަދޭޝް މީހާއަށް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ނޭޕާލް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް