ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ "ސޭފް ހޯމް" އަޅަން ފިނޭންސް މިނިސްޓްރީން، ހުޅުމާލެއިން ބިމެއް ގަނެފިއެވެ.

ފިނޭންސުން ގަތް ބިމުގެ މިލްކުވެރިކަން އެ މިނިސްޓްރީއަށް ބަދަލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ފިނޭންސް މިނިސްޓްރީން ބިން ގަނެފައިވަނީ 31.5 މިލިއަން ރުފިޔާއަށެވެ. އެއީ 10،000 އަކަފޫޓުގެ ބިމެކެވެ.

އެ ބިމުގެ ފައިސާ ފިނޭންސް މިނިސްޓްރީން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކާފައިވާތީ ސިވިލް ކޯޓުން ވަނީ ބިމުގެ މިލްކުވެރިން ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.