ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައިގައި ދައުވާކުރުމަށް އެދި ފޮނުވާފައިވަނީ ގދ. ފިޔޯރީ/ ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އަދި ބ. ގޮއިދޫ/ ފިނިފެންމާގެ، ސައިފްﷲ ފައިސަލް (19 އަހަރު) ގެ މައްޗަށެވެ.
އެ ދެ މީހުން ތިބީ މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިނގާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ 23:35 އެހައިކަންހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީގެން ކަމަށެވެ.
މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ބަލައިގެންފަވަނީ މިއަދެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް