ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކަށިގެންވާ ކަމަށާއި ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށްވެސް ކުރިއަށްއޮތް 24 ގަޑިއިރު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މީޓިއޮރޮލޮޖިސްޓް ނަސޫހު އިސްމާއިލް މިއަދު "ވަން"އަށް ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.
"އަދިވެސް ވިއްސާރަ. މާދަމާ މެންދުރު ފަހުން ފަށައިގެން މިމަހުގެ 11 ގެ ފަހުން ކޮންމެވެސް ވަރަކަށް ކެރިއަށް ބަދަލުވާނެ. މިމަހުގެ 12 ގައި ކުލިއާވާ ގޮތަށް. 24 ގަޑިއިރު ބޯކޮށް ވާރޭވެހޭނެ ގުގުރުމާއެކު، މެދުރާއްޖެތެރެއާއި ދެކުނަށް. ވެހޭއިރު ވެހެނީ ވަރަށް ބޯކޮށް ކުޑައިރުކޮޅަކަށް ވިޔަސް. ފްލަޑް ވުމުގެ ފުރުސަތު އޮންނާނެ،" މީޓިއޮރޮލޮޖިސްޓް ނަސޫހު ވިދާޅުވިއެވެ.
ނަސޫހު އިތުރަށް ވިދާޅުވީ ކަނޑުދަރުތުކުރާ ފަރާތަކުން ވަރަށް ބޮޑަށް ސަމާލުވާނެ ޖެހޭނެ ކަމަށެވެ.
މެޓް އޮފީހުން މިއަދު ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދު ރަށްތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ މިއަދު ހެނދުނު 10:45 އިން މެންދުރުފަހު 2:00 އަށެވެ.
އެ ގަޑިތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިއަދުގެ 9:45 އިން 15:30 އަށް ގދ. އަތޮޅަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އެ އަތޮޅަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ދަގަވާނެ ކަމަށް ލަފާކުރާ ކަމަށް މެޓުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް