ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ މީޓިއެރޮލޮޖިސްޓް ތަހުމީނާ "ވަން" އަށް މިއަދު ވިދާޅުވީ ރާއްޖޭގެ އުތުރަށް ވައި ނުސާފު ކަމަށާއި އެގޮތުން ބ. އަތޮޅާ ހަމައަށް ވައި ނުސާފުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހދ. ހަނިމާދޫ ސަރަހައްދުގައި ލޮލަށް ފެންނަ ދުރުމިން ހުރީ ދެ ކިލޯމީޓަރުގައި ކަމަށެވެ. ނ. މާފަރު ސަރަހައްދުގައި ލޮލަށް ފެންނަ ދުރުމިން ހުރީ ތިން ކިލޯ މީޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މެދުރާއްޖެ އާއި އުތުރަށް ކުރިއަށް އޮތް ފަސް ދުވަހު ވެސް ވައި ނުސާފުވާނެ ކަމަށެވެ. އެގޮތުން މިއަދު މާލެ ސަރަހައްދަށް ދުރު ފެންނަ މިންވަރު ހުރީ ހަ ކިލޯ މީޓަރަށް ކަމަށް ވެސް ތަހުމީނާ ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ އުމުރުން ދުވަސްވީ މީހުންނާއި ނޭވާލާން އުނދަގޫވާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް އުތުރުގެ ވައި ވަރަށް ބޮޑަށް ނުރައްކާވާ މިންވަރަށް ނުސާފުވެފައިވާތީ، އެ ސަރަހައްދުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނީ މިހާރު ވައި ނުސާފުވެފައިވަނީ އިންޑިއާ ސަރަހައްދުގައި އުފެދިފައިވާ ހިރަފުހުގެ ސަބަބުން ކަމަށެވެ. އެގޮތުން އުތުރަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހދ. ކުޅުދުއްފުށީގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 170 ގައެވެ. އަދި ށ. ފުނަދޫގައި ސަރަހައްދުގައި ހުރީ 162 ގައެވެ.
އަދި މާލެ ސަަރަހައްގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 102 ގައެވެ.
ވައި
ވައި
ވައި
ކޮމެންޓް