ރަޝިއާއާ ގުޅިގެން ހަނގުރާމަކުރަން އުޅުނު ޗައިނާ ބަޔަކު ހައްޔަރުކޮށްފިއެވެ.

ރަޝިޔާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ފަޅީގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކޮށްފައިވަނީ ޗައިނާއަށް ނިސްބަތްވާ ދެމީހުން ކަމަށް ޔޫކްރޭނުން ބުނެއެވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ އެ ހަނގުރާމައިގައި ހަރަކާތްތެރިވަނިކޮށް ޗައިނާއަށް ނިސްބަތްވާ ދެމީހުން ހައްޔަރުކޮށްފައިވަނީ ޔޫކްރޭނުގް ޑޮނެސްކު ރީޖަނުން ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވަނީ ރަޝިޔާގެ އިންޓެލްއަށް ލިބިފައިވާ މައުލޫމާތުތަކުން ރަޝިޔާ އިން އެ ހަނގުރާމައިގައި ޗައިނާ ބަޔަކު ބައިވެރިވާ ކަމަށް ފާހަގަކުރައްވައިފައެވެ.

ހައްޔަރު ކުރި ޗައިނާއަށް ނިސްބަތްވާ ދެމީހުންގެ އިތުރުން ޗައިނާގެ ހަ މީހަކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް ޒެލެންސްކީ ފާހަގަކުރެއްވިއެވެ.

ޒެލެންސްކީ ވިދާޅުވީ ޗައިނާއަށް ނިސްބަތްވާ އެ ދެމީހުން ހައްޔަރުކޮށް ބެލިބެލުމުން އެމީހުންގެ އަތުން ކާކުކަން އެނގޭ ލިޔެކިއުންތައް ފެނިފައިވާ ކަމަށާއި އެމީހުން ގެންގުޅެފައިވާ ބޭންކު ކާޑަކީވެސް ޗައިނާގެ ބޭންކެއްގެ ކާޑު ކަމަށެވެ.

ޔޫކްރޭނު ސަރުކާރުގެ އޮފިޝަލުން ވަނީ މިއީ ޗައިނާ މީހުން އެ ހަނގުރާމައިގައި ރަޝިޔާ ފަޅީގައި ހަރަކާތްތެރިވަމުން އަންނަކަމުގެ ސާފު ހެއްކެއްކަން ފާހަގަކޮށްފައެވެ. ނަމަވެސް ޗައިނާއާއި ރަޝިޔާއިން އަދި އެކަމުގައި ބަހެއް ބުނެފައެއް ނުވެއެވެ.