ރާއްޖޭގައި ހިންގާ 85 ގޭންގެއްގައި 97 ކުޑަކުދިން ހިމެނޭ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި އިއްޔެ ޝަހީދު ވިދާޅުވީ މިނިސްޓްރީގެ އިސްނެގުމުގެ މަތިން މިހާތަނަށް ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިދާރާއާ ބައްދަލުކޮށް، ލިބުނު މައުލޫމާތުތަކުން އެނގުނުގޮތުގައި ރާއްޖޭގައި ޖުމުލަ 83 ގޭންގު ނުވަތަ ގްރޫޕުތައް އުފެދިފައިވާ ކަމަށެވެ.
"މީގެ ތެރެއިން މި ގްރޫޕުތަކުގެ ތެރެއިން 97 ކުޑަކުދިން ހިމެނޭ އަދި 3500 ގިނަ މެންބަރުން އެކަޓިވްކޮށް ޝާމިލުވޭ މި ގްރޫޕުތަކުގައި، މި ދެންނެވީ އެކުދިންނާއި ރިލޭޓަޑް ބަޔަކާއެކުގައި ކުދިންތަކަކާ ނުވަތަ ބަޔަކު އުޅެދާނެ،" ޝަހީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭގެ ތެރެއިން މާލެ ސިޓީގައި އެކަނި 45 ގްރޫޕެއްގައި 82 ކުޑަކުދިންނާއި އަދި 2500 އަށްވުރެ ގިނަ މެންބަރުން ހިމެނޭ ކަމަށެވެ. އަދި އަތޮޅުތަކުގައި 31 ގްރޫޕެއްގައި 10 ކުޑަދިންނާއި 1000 އަށްވުރެ ގިނަ މެންބަރުން ހިމެނޭކަން މައުލުމާތު ލިބިފައިވާ ކަމަށެވެ.
"އެހެންވީމަ މިއީ ވަރަށް ބޮޑު އާބާދީއެއް. 3500 އޭ ދެންނެވިކަމުގައިވިޔަސް ، މީގެ އިން ގުނަ ނުވަތަ ހަތަރު ގުނަވެސް ބޮޑުވެދާނެ." އޭނާ ވިދާޅުވިއެވެ.
ރާއްޖެއަކީ އަމާން މަންޒިލަކަށް ހެދޭނީ މި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބެގެން ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނިންމެވުންތަކަށް ވަކިވަކި ރައްޔިތުންވެސް އެއްބާރުލުންދީގެން ކަމަށް ޑެޕިއުޓީީ މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމަ ރައްޔިތުންވެސް އެބަޖެހޭ ސަރުކާރަށް މިކަމުން އެއްބާރުންދޭން ޖެހޭ. ކޮންމެ ދިވެހި ރައްޔިތެއް ސަރުކާރަށް ހިތްވަރުދޭންވީ، ސަރުކާރުން ކަނޑައަޅުއްވާ މިފަދަ ރަނގަޅު ކަންތައްތަކަށް،" އޭނާ ވިދާޅުވިއެވެ.
ޝަހީދު އިތުރަށް ވިދާޅުވީ ހުރިހާ އެންމެންގެ އެއްބާރުލުމާއެކު ދިވެހި މުޖުތަމައަކީ ރައްކާތެރި މާހައުލަކަށް ހެދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ފާތިމަތު ލިއުޝާ
ގްރޫޕު މާރާމާރީ
ގްރޫޕު މާރާމާރީ
ގްރޫޕު މާރާމާރީ
ގްރޫޕު މާރާމާރީ
ގޭންގުތައް ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއްކޮށް ގޭންގުތައް ވުޖޫދުން ފޮހެލުމަށް ގޮވާލަން.
ބަޗީ - 1 އަހަރު ކުރިން