ގޭންގު ކުށްތަކުގައި އުޅޭ ކުދިން ކުށުގެ ވެށިން ހައްޔަރުކޮށް ޖަލަށްލުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މަގުމަތީގެ އެކި ހިސާބުތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭންގް މާރާމާރީ ހިންގާ ވާހަކަ މީގެކުރިން އަބަދު އަޑުއިވެމުންދާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ ކަމާބެހޭ ޔުނިޓްތަކުން ގޭންގް ކުށްތައް ހުއްޓުވުމަށް 24 ގަޑިއިރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގޭންގް ކުށްތައް މިހާރު ހުއްޓިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޔުނިޓްތައް 24 ގަޑިއިރު މަސައްކަތް ކުރޭ މިހާރު ރާއްޖޭގެ މަގު ތަކުގައި، އަދި ކުރިން ގޭންގުތައް އުޅެމުން އައި ސަރަހައްދުތަކުގައި ވަކިން ހާއްސަކޮށް އުޅެމުންދާނެ، އޭގެ ނަތީޖާއެއްގެ ގޮތުން ގޭންގް މާރާމާރީ އެސެންޝިއަލީ ރާއްޖޭގައި މިހާރު ވަނީ ހުއްޓިފައިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،"
މިނިސްޓަރު ވިދާޅުވީ، ގޭންގް ކުށްތަކުގައި އުޅުނު ކުދިން މިހާރު ވަޒީފާތަކަށް ގޮސް ރަނގަޅު މަގުތައް ހޯދަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
"މި ސަރުކާރުގެ ސިޔާސާތަކީ އެ މަގުތައް އެކުދިންނަށް ދެއްކުން، އެއްވެސް ހާލެއްގައި ކުށުގެވެށިން ކުދިން ހައްޔަރުކޮށް ޖަލަށްލުމެއްނޫން، ކުދިން ރިހެބިލިޓޭޓް ކޮށް ކުދިން މަގުމައްޗަށް ނެރެ ރަނގަޅު ބޭނުންހިފޭ ޒުވާނުންގެ ގޮތުގައި މުޖުތަމައަށްނެރުން،"
އިބްރާހިމް ޒަކީ
ގްރޫޕު މާރާމާރީ
ގްރޫޕު މާރާމާރީ
ގްރޫޕު މާރާމާރީ
ގްރޫޕު މާރާމާރީ
ކޮމެންޓް