މާލޭގައި މައްސަލައެއްގެ ސީނަށް ދިޔަ ފުލުހުންނަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ކ. މާފުށި، ގްރީންޕާކް، އިބްރާހިމް ސުނީޒް 41އ އެވެ.
އޭނާ ހައްޔަރުކުރީ ގާނޫނީ ތަންފީޒުކުރުމަށް ހުރަސްއެޅުމާއި ޖެހުމާއި ބިރުދެއްކުމުގެ ކުށުގެ ތުހުމަތުގައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އަލީ ނަދީމް ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖައިފައެވެ.
ގާޒީ ނަދީމް ވިދާޅުވި ގޮތުގައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް އޮތް ކަމަށް ދެކެނީ ކުށުގެ އަމަލުގައި ސުނީޒް ބައިވެރިވެފައިވާ ގޮތާއި މި އަމަލުގައި މީހުންނަށް އަނިޔާ ލިބިފައިވާތީއާއި މި އަމަލު ހިންގާފައިވަނީ ސުނީޒާއި އިތުރު ފަރާތްތަކާއެކު ޖަމާއަތް ހަދައިގެން ކަމުގައިވާތީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ކަމަށެވެ.
ސުނީޒްގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އެގޮތުން އަނިޔާ ލިބުނު ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު ފުލުހުންގެ ފޮޓޯ ރިޕޯޓާއި އަނިޔާ ލިބުނު ފުލުހުންގެ މެޑިކަލް ލީގަލް ރިޕޯޓު ހިމެނެއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް