ލ. ފޮނަދޫގެ ބޮޑެތި މަގުތައް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 73 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ރޭ ބުނީ ކޭބަލް ޖަންކްޝަންތަކާއެކު ސާވިސް ލައިންތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ.
"މިހާރު ޕަމްޕް ސްޓޭޝަން ކާސްޓިންގެ މަސައްކަތް ކުރިއަށްދާ އިރު، ކެރްބް ސްޓޯން އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދަނީ 73 އިންސައްތަ މަސައްކަތް ނިމުމުންނެވެ. ޖުމުލަކޮށް މަޝްރޫއުގެ ކުރިއެރުން އުޅެނީ 73 ޕަސެންޓުގައެވެ..،" އެމްޓީސީސީން ބުންޏެވެ.
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް 53.9 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 2021 ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އޭގެ އިތުރުންވެސް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ