ރާއްޖެއާއި މަލްޓާ ދެމެދު އިންވެސްޓުމެންޓުތަކާއި ވިޔަފާރި ފުޅާކުރަން ދެގައުމުގެ މެދުގައި މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިއްޔެ ވަނީ މަލްޓާއަށް ވަޑައިގެންފައެވެ. މި ދަތުރުގެ ތެރެއިން މަލްޓާގެ ބޮޑުވަޒީރު ރޮބާޓް އަބެލާ، ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް މިނިސްޓަރު އިއާން ބޯގްއާ، ހަލީލު ބައްދަލުކުރައްވާނެއެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި މޯލްޓާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައްކޮށް، ގުޅިގެން ކުރެވޭނެ ކަންތައްތަކާ މެދު ދެގައުމުގެ މެދުގައި ހިޔާލު ބަދަލުކުރާނެއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ހަލީލު ވަނީ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް މިނިސްޓަރު އިއާން ބޯގްއާ ބައްދަލުކުރައްވައިފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ފުރުސަތުތަކާއި ފޮރިން އިންވެސްްޓްމެންޓް އިތުރުކުރުމާ ގުޅޭގޮތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ތިމާވެއްޓާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވެސް ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މަލްޓާގެ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް މިނިސްޓަރު އިއާން ބޯގް ވަނީ ރާއް ޖެއާއި އެގައުމުގެ މެދުގައި ޓޫރިޒަމާއި މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް