ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ވަޒަންތަކެއް ފެނިފައިވަނީ ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފުރަންދިޔަ މީހެއްގެ އަތުން ކަމަށެވެ. އެއީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި މީހެއް ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓްއަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.