މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު ފުޓުބޯޅަ ހުއްޓާލަން ނިންމާފައިވާ ކަމަށް ޖަރުމަނު އަދި އޭއޭސް ރޯމާގެ ޑިފެންޑަރު މެޓްސް ހަމުލްސް ބުނެފިއެވެ.
ހަމުލްސް، 36، އަކީ ބަޔާން މިއުނިކްގެ އެކަޑެމީން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އެ ކްލަބާއެކު ލީގަށް ނުކުތް ހަމުލްސް 2008 ވަނަ އަހަރު ވާދަވެރި ބްރޫޝިއާ ޑޯޓްމުންޑަށް ބަދަލުވެފައިވާ އިރު، އޭނާ ވަނީ ބަޔާނާއި ޑޯޓްމުންޑަށްވެސް ދެ ފަހަރެއްގެ މަތިން ކުޅެފައެވެ.
އެ ދެކްލަބުގައި 18 ވަރަކަށް އަހަރު ހޭދަކުރުމަށްފަހު ހުމެލްސް އިޓަލީގެ ރޯމާއަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އެ ކްލަބަށް އޭނާ ވަނީ 18 މެޗު ކުޅެފައެވެ.
ހުމެލްސް ވަނީ ޖަރުމަނު ގައުމީ ޓީމަށް 78 މެޗު ކުޅެފައެވެ. ގައުމީ ޓީމާއެކު އޭނާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ވޯލްޑް ކަޕް ތަށިވެސް އުފުލާލައިފައެވެ.
ހުމެލްސްގެ ކްލަބު ކެރިއަރުގައި ފަސް ފަހަރު ޖަރުމަނުގެ ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޖަރުމަނު ކަޕް ކާމިޔާބުކޮށްފައިވީ ނަމަވެސް، ޗެމްޕިއަންސް ލީގު ހޯދިފައެއް ނުވެއެވެ.
ހުމެލްސްއާއެކު ޑޯޓްމުންޑުން 2012-13 ވަނަ އަހަރާއި 2023-24 ވަނަ އަހަރު ސީޒަނުގެ ޗެމްޕިއަންސް ފައިނަލުގައި ކުޅުނު ނަމަވެސް، ނިންމާލަން ޖެހުނީ ތަށި ނުހޯދިއެވެ.
ރޯމާއިން ހުމެލްސްއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް