އަހުލާގީ މައްސަލައެއްގައި ރެއާލް މެޑްރިޑްގެ މުހިއްމު ކުޅުންތެރިންތަކަކަށް ޔޫއެފާއިން އަދަބު ދީފިއެވެ.
ރެއާލުން މިސީޒަނުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ދެ ލެގު ކުޅެ މޮޅުވެފައިވާ އިރު، ދެވަނަ ލެގު ނިމުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީއަށްފަހު ރެއާލް ކުޅުންތެރިން، އެތުލެޓިކޯގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އަމާޒުކޮށް ވައްތަރު ޖައްސާފަައިވުމާ އެކު، އެ ކުޅުންތެރިންގެ މައްސަލަ ޔޫއެފާއިން ދިޔައީ ބަލަމުންނެވެ.
އެފަދަ ގޮތަކަށް ކަންތައް ކުރި ކުޅުންތެރިންނަކީ އެންޓޯނިއޯ ރުޑިގާ އާއި ކިލިއަން އެމްބާޕޭގެ އިތުރުން ވިނީޝިއަސް ޖޫނިއާ އަދި ޑެނީ ސެބަލޯސްއެވެ.
އެ ހަތަރު ކުޅުންތެރިންގެ މައްސަލަ ޔޫއެފާއިން ބެލުމަށްފަހު ނިންމާފައި ވަނީ ވިނީޝިއަސްއަށް އަދަބު ނުދިނުމަށާއި އަނެއް ތިން ކުޅުންތެރިން ޖޫރިމަނާ ކުރުމަށެވެ.
ޔޫއެފާއިން ބުނީ ވިނީޝިއަސް ފިޔަވާ ދެން ތިބި ކުޅުންތެރިން އަހުލާގީ މިންގަނޑުތަކުން ބޭރުވި ކަމަށް ބެލެވޭ ނަމަވެސް، ސީރިއަސްކޮށް ބަލަންޖެހޭ ވަރު ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
އުމުރުން 26 އަހަރުގެ އެމްބާޕޭ އާއި ރުޑިގާ އެއް މެޗަށް ސަސްޕެންޑް ކުރި ނަމަވެސް، އެ މެޗަކީ ކުޅުންތެރިޔަކު ބޭނުން މެޗަކަށް ހެދުމަށް ޔޫއެފާއިން ފުރުސަތު ދީފައިވެއެވެ. އަދި އެމްބާޕޭ، 25،000 ޕައުންޑުން، ރުޑިގާ 35،000 ޕައުންޑުން ޖޫރިމަނާ ކުރިއެވެ.
ސްޕެއިން މިޑްފީލްޑަރު ސެބަލޯސް ޖޫރިމަނާ ކޮށްފައި ވަނީ 17،000 ޑޮލަރުންނެވެ.
ރެއާލުން ދެން ޗެމްޕިއަންސް ލީގުގައި ކުޅެން އޮތީ ކުއާޓާ ފައިނަލުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް މުހިއްމު ކުޅުންތެރިޔަކު ސަސްޕެންޑް ވިނަމަ، ރެއާލަށް އުނދަގޫތަކާ ކުރިމަތިވީހެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް