ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ވަޑައިގެންފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭ ގެ ވަގުތެއްގައި ލަންކާއަށް ވަޑައިގެންފައިވާ އިރު، ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަމާ ދަންނަވާފައިވަނީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތްއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި މޯދީ އަށް މަރުހަބާ ދެންނެވުމަށް ލަންކާ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓުގައި ކުރިޔަށް ގެންދިއުމަށް ރޭވި ހަރަކާތްތައް ވަނީ ކެންސަލް ކޮށްފައެވެ.
ބޮޑުވަޒީރު މޯދީ ތައިލެންޑުގައި ކުރިޔަށް ދިޔަ ސަމިޓަށްފަހު ލަންކާއަށް ވަޑައިގެންފައިވާ އިރު، އަރިހުގައި އިންޑިއާގެ އެކްސްޓާރަލް މިނިސްޓަރު ޑރ. ޖައިޝަންކަރު ހިމެނޭހެން އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މޯދީގެ ދަތުރުފުޅުގައި ލަންކާ އާއި އިންޑިއާ ގުޅުން އިތުރަށް ބަދަހި ކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ދެގައުމު ދެމެދު ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތަކުގެ އިތުރުން ސިއްހަތާއި ޑިޖިޓަލައިޒޭޝަންގެ އިތުރުން ސަލާމަތީ ކަންކަމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު