ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ނޭޕާލު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ވޭނެއްގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، ވޭނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ވޭން ދުއްވަން އިން ނޭޕާލްގެ ރައްޔިތެއް ކަމުގައިވާ ތިރްތަ ބަހާދުރު ބީކޭ، 37އ. ގެ ފިރިހެނެކެވެ.
އެ އުޅަނދު ރޭ 9:46 ހާއިރު ހުޅުމާލޭ ރީތިގަސް މަގުން ހުއްޓުވައި ބަލައި ފާސް ކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 ލީޓަރުގެ 75 ފުޅި ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ އުޅަނދު ޓޯކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް