ރޭ ކުޅުނު ސްޕެނިޝް ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލް ދެވަނަ ލެގުގައި އިތުރު ވަގުތަށް ކުޅެގެން ރެއާލް ސޮސިއެދާދާ އެއްވަރުކޮށް، ރެއާލް މެޑްރިޑުން އަނެއްކާވެސް ފައިނަލް ޔަގީންކޮށްފިއެވެ.
ދެވަނަ ލެގުގެ މެޗަށް ސަންތިއާގޯ ބާނަބޭއޫއަށް ރޭ ނުކުތްއިރު، ފުރަތަމަ ލެގު ރެއާލުން ކާމިޔާބު ކޮށްފައި އޮތީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އަނބުރާލަން ރޭގެ މެޗުގައި ސޮސިއެދާދުން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އިތުރު ވަގުތަށް ގޮސް، ނިމުނީ 4-4 ގެ ނަތީޖާއަކުންނެވެ. އެއާއެކު ރެއާލް ފައިނަލަށް ދިޔައީ 6-5 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަހު ވަގުތު ކޮޅުގައި ގާތްގަނޑަކަށް ފަސް ގޯލު ޖެހިފައިވާ އިރު، 16 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހީ އަންޑާ ބަރެނެޓްޒެއާއެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ، ބްރެޒިލްގެ އެންޑްރިކް ޖެހި ގޯލުން ރެއާލް އެއްވަރުކުރި އިރު، ރެއާލްއަށް ހާސްކަމާ ކުރިމަތިވީ ދެވަނަ ހާފުގައި 72 ވަނަ މިނެޓުގައި ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
އޭގެ ފަހުން 80 ވަނަ މިނެޓުގައި މިކޭލް އޮޔަރުޒަބާލް ގޯލު ޖަހައި ރެއާލް އިތުރަށް ހާސް ކޮށްލި އިރު، އޭގެ ދެ މިނެޓް ފަހުން ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ގޯލެއް ޖަހައިދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް އޮރެލިއަން ޗުއަމެނީ ރެއާލަށް އެގްރިގޭޓުން ކުރި ހޯދައި ދިނެވެ.
މެޗު އިތުރު ވަގުތަށް ދިޔައީ ސޮސިއެދާދުގެ އޮޔަރުޒަބާލް ޖެހި ގޯލާއެކުގައެވެ.
ފޯރީގައި ފަހު ވަގުތާ ޖެހެންދެންވެސް ދެ ޓީމުން މަސައްކަތް ކުރި މެޗުގައި ރެއާލް މޮޅުވި ގޯލު އެންމެފަހު ވަގުތު ޖެހީ އެންޓޯނިއޯ ރުޑިގާއެވެ. ރުޑިގާއަށް ފުރުސަތު ތަނަވަސް ކޮށްދިނީ އާދާ ގުލާއެވެ.
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ
1-0ން ފުރަތަމަ ލެގް ނިމުނީ
އަމައްޔާތް - 1 އަހަރު ކުރިން