ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ މިއަހަރު މުބާރާތު ފައިނަލުގެ ފުރަތަމަ ޖާގަ، ވިލިމާލޭ ޔުނައިޓެޑުން ހޯދައިފިއެވެ.
ވިލިމާލެއިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ޕޮލިސް ކްލަބު ބަލިކޮށްގެންނެވެ. އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ވިލިމާލެ މޮޅުވީ 5-6 ގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗު ފަށައިގެން 22 ވަނަ މިނެޓުގައު ފުރަތަމަ ލީޑު ނެގީ ޕޮލިހުންނެވެ. އަހުމަދު ޝާން ކާމިޔާބުކޮށްދިން އެ ގޯލާއެކު ޕޮލިސް ލީޑު ނެގި ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ވިލިމާލެއިން ނަތީޖާ ހަމަހަމަ ކުރިއެވެ.
މެޗު ނިމެން ދަނިކޮށް ވިލިމާލޭގެ ގޯލު ޖަހައިދިނީ 2008 ވަނަ އަހަރު ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ވިންގް، އިސްމާއީލް މުހައްމަދު (އިއްސެ) އެވެ.
ދެޓީމުންވެސް ފުރަތަމަ ޖެހި ފަސް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ޕޮލިހުގެ ހަވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ވެޓެރަންސް ލީގުގެ ފައިނަލުގައި ވިލިމާލެއާ ދެކޮޅަށް ނުކުންނަ ޓީމު ޔަގީންވާނީ މިއަދު ހަވީރު ކުޅޭ ސެމީ މެޗުންނެވެ. މިއަދު ހަވީރު ސެމީ ފައިނަލް ދެވަނަ މެޗުގައި އެންމެފަހުން ތިން ފަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބު ނުކުންނާނީ މުއިވެޔޮ ފްރެންޑްސް ކްލަބާ ދެކޮޅަށެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް