މި އަހަރުގެ އޮފީސްތަކުގެ ގުރުއާން މުބާރާތުގެ އެއްވަނަ އެމްޓީސީސީން ހޯދައިފިއެވެ.

އޮފީސްތަކުގެ ގުރުއާން މުބާރާތަކީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ގުޅިގެން ބާއްވާ މުބާރާތެކެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ މުބާރާތުގެ އެއްވަނަ އެ ކުންފުންޏަށް ހޯދައިދީފައިވަނީ، އެ ކުންފުނީގެ ސެކިއުރިޓީ އޮފިސަރު އަބްދުލް އަލީމާއި ސީނިއާ އެކައުންޓްސް އޮފިސަރު މޫސާ އިމާން އަބްދުލް ރަހްމާނާއި ސިވިލް އިންޖިނިއަރު އިބްރާހިމް އަޒްވާރްގެ އިތުރުން އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރު އަހުމަދު އަޒިޔާން އަޒްލިފެވެ.

އެމްޓީސީސީން އެ މުބާރާތުގައި ބައިވެރިވެ އެ ކުންފުންޏަށް ރަން ވަނަ ހޯދައިދިން މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިދިޔަ އާދިއްތަ ދުވަހު ވަނީ ހާއްސަ ހަފްލާއެއް ބާއްވައި، ހަނދާނީ ލިޔުން ދީފައެވެ. އެ ހަނދާނީ ލިޔުން އެ މުވައްޒަފުންނަށް ދެއްވީ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔަޑް) ޑީސީޕީ އަހުމަދު ސައުދީއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ހަފުލާގައި ސައުދީ ވަނީ، އެ މުވައްޒަފުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ހިތްވަރު ދެއްވައިފައެވެ.